މަސްވެރިކަމުގެ އުޅަނދުތަކުގައި މަސްވެރިކަން ކުރަން ބިދޭސީންނަށް ނޫޅެވޭ ގޮތަށް އޮތް މާއްދާ އުވާލައި، މަސްވެރިކަމުގައި ބިދޭސީންނަށް އުޅެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.
ކުރިން އޮންނަ ގޮތުން، ކޮންމެ ދޯންޏެއްގައި ދެ ބިދޭސީން ގެންގުޅުމުގެ ހުއްދަ އޮތަސް، އެ މީހުން ސީދާ ގޮތުން މަސްވެރިކަން ކުރުމުގައި ހަރަކާތްތެރި ވުމަކީ މަނާކަމެކެވެ.
ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި، "ކަނޑުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވައިދު" ގައި ވަނީ އެކި ސައިޒުތަކުގެ މަސްދޯނިތަކުގައި ބިދޭސީން ގެންގެޅެވޭނެ އަދަދުތަކާއި މަސްދޯނިތައް ރަޖިސްޓްރީކުރުމުގައި ގިންތިކުރުމާއި އެ ގިންތިތަކަށް ނަގާ ލައިސެންސް ފީގެ އަދަދުތައް ހިމަނައިފައެވެ. އެއީ:
އިސްލާހުގައިވާ ގޮތުގައި މަސްވެރި އުޅަނދެއްގައި ސީދާ ގޮތެއްގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާކަމެކެވެ. ނަމަވެސް އެ އުޅަނދެއްގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތަކަށް ބިދޭސީން ބޭނުން ކުރެވޭނެއެވެ.
މަސްވެރިކަމާ ބެހޭ ގަވާއިދު ކުރިން އޮންނަ ގޮތުން މަސް ދޯނިތައް ރަޖިސްޓްރީ ކުރަނީ ދެ ގިންތިއަކަށެވެ. އެއީ 15 މީޓަރަށް ވުރެ ކުދި އުޅަނދުތަކަށް ރަޖިސްޓްރޭޝަން ފީއަށް 500 ރުފިޔާ އަދި އެއަށް ވުރެ ބޮޑު އުޅަނދުތަކަށް ރަޖިސްޓްރޭޝަން ފީއަށް 1،500 ރުފިޔާއެވެ. ފަހުން ގެނައި އިސްލާހުގައި ވަނީ 20-15 މީޓަރުގެ އުޅަނދުތަކުގެ ރަޖިސްޓްރޭޝަން ފީއަށް 1،000 ރުފިޔާ ނަގަން ހިމަނައިފައެވެ.