މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް އާންމުކޮށްފިއެވެ.
އެމްއެމްސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
ހޯމް މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ، އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވީ އެމްއެމްސީގެ އިންތިހާބުގައި ވޯޓު ލެވޭނީ އެ މިނިސްޓްރީން ކުރިން ކުރި އިއުލާނުގައިވާ ގޮތުގެ މަތިން އިންތިހާބުގައި ވޯޓުލުމަށް ރެޖިސްޓްރީ ކުރި ފަރާތްތަކަށް ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތަކާއި ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.
އެމްއެމްސީ އިންތިހާބުގައި މީޑިއާތަކުގެ ކެންޑިޑޭޓުންގެ އިތުރުން އަމިއްލަގޮތުން ވެސް 12 ކެންޑިޑޭޓަކު ވާދަކުރެއެވެ.
- މުހައްމަދު ސިމާއު - ވަން އޮންލައިން
- މޫސާ ރަޝީދު - މިހާރު އޮންލައިން
- އަހުމަދު އާޒިފް - ސަން އޮންލައިން
- މުހައްމަދު އަފްޒަލް - ދީނުގެ މަގު
- ޝިމްލާ އަހުމަދު - އޭއޯ ނިއުސް
- މުހައްމަދު އަފްރާހު - ތިލަދުން
- އަލީ ނިޝާން - އާފަތިސް އޮންލައިން
- ހުސައިން ޝަރީފް - ވަގުތު އޮންލައިން
- އަހުމަދު މުސްތަފާ - ޕަބްލިކް ސާވިސް މީޑިއާ
- މުހައްމަދު ފަޒްލޫން - ސަންގު ޓީވީ
- ޖައިލަމް ތައުފީގް
- އަހުމަދު ސައްފާނު
- އަރުމާން ރަޝީދު
- އާމިނާތު ނީމާ
- އަހުމަދު އަމީން މުހައްމަދު
- މުހައްމަދު ނަސީރު
- އާއިޝަތު ނާޒް
- އަލީ އިސްމާއީލް
- ފާތިމަތު ޝާޒުލީ
- އިބްރާހީމް ޝިހާމް
- އަލީ ރަޝީދު އިބްރާހީމް
- މަރްޔަމް ސައީދާ އިބްރާހީމް
އެމްއެމްސީގައި މިހާރު ތިބި 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ މަހުގެ 14 ވަނަ ދުވަހު ހަމަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު