ޚަބަރު

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަންގެ އެސްޖީގެ މަގާމަށް ނަދީމް

މުހައްމަދު އިޝާން

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ އަހުމަދު ނަދީމް މިއަދު އައްޔަންކޮށްފިއެވެ.

އޭބީޔޫއަކީ އޭޝިއާ ސަރަހައްދުގެ ބްރޯޑްކާސްޓިންގެ ދާއިރާގެ ފެންވަރު މަތިކޮށް ތަރައްގީކުރަން އުފައްދާފައިވާ މި ސަރަހައްދުގެ އެންމެ ބޮޑު ޔޫނިއަންއެވެ. އެ ޔޫނިއަންގެ ހިންގުމާ ހަވާލުވެވަޑައިގެންނެވި ނަދީމް ވަނީ ބްރޯޑްކާސްޓިން ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވައިފައެވެ. އޭނާ ވަނީ ޓީވީއެމްގެ އިންޖިނިއަރިން ހެޑްގެ މަގާމު 11 އަހަރު ވަންދެން އަދާކުރައްވައިފައެވެ.

އޭބީޔޫގައި ނަދީމުގެ ދައުރު ފެށޭނީ މިއަންނަ އަހަރުގެ އެޕްރީލް މަހުއެވެ. މިއީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ނަދީމް މިހާތަނަށް ހުންނެވީ އޭޔޫބީގެ ޓެކްނޮލޮޖީގެ އެންޑް އިނޮވޭޝަން ޑިރެކްޓަރުގެ މަގާމުގައެވެ. 2008 ވަނަ އަހަރުން ފެށިގެން ނަދީމް އަންނަނީ އޭޔޫބީގެ އެކި މަގާމުތައް ފުރުއްވަމުންނެވެ.

އޭބީޔޫގެ މެމްބަރުންގެ ގޮތުގައި 57 ގައުމަކުން 287 ބްރޯޑްކާސްޓަރުން ތިބެއެވެ.