މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ބޮޑުވަޒީރު ކަމަށް މިއަދު އައްޔަންކުރައްވައިފި އެވެ.
މެލޭޝިއާގެ ރަސްގެފާނު އަބްދުالله, އާ ބޮޑުވަޒީރުގެ މަގާމަށް, އަންވަރު އައްޔަންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބުގައި މިހާރު ވެރިކަން ކުރާ ކޯލިޝަނާއި އިދިކޮޅު ކޯލިޝަނުން ވާދަކޮށްގެންވެސް
އެއްވެސް ކޯލިޝަނަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުންނެވެ.
އެގޮތުން މަޖިލީހުގެ ޖުމުލަ 222 ގޮނޑީގެ ތެރެއިން އަންވަރުގެ ޕަކަޓަން ހަރަފަން (ޕީއެޗް) ކޯލިޝަނަށް ކާމިޔާބު ކުރެވުނީ 82 ގޮނޑި އެވެ. ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ޕެރިކަޓަން ނެސިނިއޮލް ކޯލިޝަނަށް ކާމިޔާބު ކުރެވުނީ 73 ގޮނޑި އެވެ.
އުމުރުން 75 އަހަރުގެ އަންވަރަކީ 1990ގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބުކަން ކުރައްވައި އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ބަދަލުގައި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވުނު ބޭފުޅެކެވެ.
ނަމަވެސް މަހާތީރުގެ ވެރިކަމުގައި އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ އޭނާއަށް ދެ ދައުވާއެއް އުފުލައި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރެއްވިއެވެ. އަންވަރު ވިދާޅުވާ ގޮތުން, އޭނާގެ މައްޗަށް އިއްވީ ސިޔާސީ ހުކުމެކެވެ.
ރަސްގެފާނު އަބްދުﷲގެ ކުރިފުޅު މަތީގައި، އަންވަރު މަގާމުގެ ހުވައި ކުރެއްވުން އޮންނާނީ މިއަދު ހަވީރު 5:00ގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު