ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރިދަމް ފިޓްނެސް ގުޅިގެން ހިލޭ ކަސްރަތު ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.
އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފުއެވެ. ރިދަމް ފިޓްނެސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ވެރިޔާ އާޒީރާ ސޯދިގުއެވެ.
އެޗްޑީސީން ބުނީ، އެ ކަސްރަތު ޕްރޮގްރާމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ކޮށްގެން ބާއްވާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެޗްޑީސީން އެފަދަ ޕްރޮގްރާމެއް ބޭއްވުމުގެ މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ދޮށީ އުމުރުމުގެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
އެއްބަސްވުމުގެ ދަށުން ރިދަމް ފިޓްނެސް ދޮށީ އުމުރުގެ އަންހެނުންނަށް ހާއްސަ ކޮށްގެން ފިޓްނެސް ކްލާސްތަކެއް ނަގައި ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމަށް އެޗްޑީސީން ވަނީ އޮގަސްޓް މަހު "ދޮށީ އުމުރާއީ ސިއްހަތު"ގެ ނަމުގައި ހާއްސަ މަންސާއެއް ވެސް ބާއްވައިފައެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރާނީ ހުޅުމާލޭފގައި ދިރިއުޅޭ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތާ ބެހޭ ގޮތުން މައުލޫމާތުދީ ދުޅަހެޔޮ ރައްޔިތުންތަކެއް ބިނާކުރަން ކަމަށް އެ ކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު