ނެޝަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްޓޯލެއް ބަހައްޓައިފިއެވެ.
ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯއަކީ ހަޔާ އެޑިއުކޭޝަން އާއި ޔޫތް މިނިސްޓްރީއާ ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ. އެކްސްޕޯ އޮންނާނީ މާދަމާގެ ނިޔަލަށެވެ. ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދާ މި މި އެކްސްޕޯ ހުޅުވާފައި ހުންނަނީ 16:00 އިން 18:00 އަދި 20:00 އިން 22:00 އަށެވެ.
އެޗްޑީސީގެ ސްޓޯލް ނަމްބަރަކީ 15 ކަމަށާއި އެ ސްޓޯލަށް ދިޔުމުން އެޗްޑީސީގައި ހުރި ވަޒީފާތަކުގެ ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެޗްޑީސީން މިއަދު ބުންޏެވެ.
އެޗްޑީސީން ވަނީ ނަވާރަ ދާއިރާއަކުން ވަޒީފާ އިއުލާން ކުރަން ނިންމައިފައެވެ. އެ ދާއިރާތަކުގެ ތެރޭގައި އެސިސްޓެންޓް ޑިވެލޮޕްމެންޓް ކޮންޓްރޯލް އޮފިސަރު، އެސިސްޓެންޓް އެސްޓޭޓް އޮފިސަރު، އެސިސްޓެންޑް މެއިންޓެންސް އޮފިސަރު، ކާޕެންޓަރު، ޑިވެލޮޕްމެންޓް ކޮންޓްރޯލް އޮފިސަރާއި ޑްރައިވާ އަދި އެސްޓޭޓް އޮފިސަރު ހިމެނެއެވެ. މީގެ އިތުރުން އިރިގޭޝަން ޓެކްނިޝަން، އައިޓީ ބިޒްނަސް އެނަލިސްޓް، މޭސަން، ނެޓްވޯކް ކޯ ސާވެއާ، ރިސާޗް އެނަލިސްޓް، ސޭލްސް އޮފިސަރު، ސެކިއުރެޓީ އެސިސްޓެންޓް، ސަޕޯޓް ސްޓާފް އަދި ސާވެއިން އެސިސްޓެންޓް ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، އެ ކުންފުނީގެ ރެކްރޫމެންޓް ޕޯޓަލް މެދުވެރިކޮށް އެ ވަޒީފާތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ އެހީތެރިކަން ސްޓޯލްއިން ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު