މީގެ ކުރިން ރާއްޖެއަށް އެތެރެކުރަނިކޮށް އަތުލައިގެންފައިނުވާ ބާވަތެއްގެ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރަނިކޮށް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މިތަކެތި އަތުލައިގަތީ މީގެ ދެމަސް ދުވަސް ކުރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ
ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮރިއާ މެދުވެރިކޮށް ބަހުރޭނުން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭގެން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މެތޯފަން (Methorphan) ފެނިފައިވާ ކަމަށެވެ.
މިއީ މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ފުރަތަމަ ފަހަރު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 604.50 ގްރާމް ހުރިއިރު އެތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު