ޓުވިޓާގައި ހަސަން ކުރުސީގެ ނަމުގައި ޓުވީޓް ކުރަނީ، އެމަނިކުފާނު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހަސަން ކުރުސީގެ ނަމުގައި ޓުވީޓުކުރަނީ ރައީސް ނަޝީދުކަން ފަޅާއަރާފައިވާ ކަމަށް މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވަނީ މިފަހުން ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔާ ބައެއް ލިޔުންތަކުގެ ހަގީގީ/ހިޔާލީ ޝަހްސިއްޔަތެއް ކަމަށެވެ. އަދި ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހްސިއްޔަތެއްކަން ދަންނަވަން އުނދަގޫ ކަމަށްވެސް ވިދާޅުވިއެވެ.
"..، އެހެނަސް އޭނާއަކީ (ހަސަން ކުރުސީއަކީ) ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން. ލިޔުމަކުން އުފެދުނު ޝަހްސެއް މިދަރަޖައަށް ދިރިގެންދާ ކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ނަމަވެސް ހަސަން ކުރުސީގެ ނަމުގައި ސޯޝަލް މީޑިއާގައި ޝާއިއު ކުރަނީ ހަމަކަށަވަރުން ވެސް އަޅުގަނޑެއް ނޫން" ނަޝީދުގެ ޓުވިޓުގައި ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި ހަސަން ކުރުސީއަކީ ނަޝީދުކަން ފަޅާއެރީ، ނަޝީދުގެ ވެރިކަމުގައި ގާތް އެކުވެރިންނާއި ރަހުމަތްތެރިންނަށް ފަޅުރަށްތައް ބެހި ކަމަށް ވިދާޅުވެ އޭނާ ކުރި ޓުވީޓަކަށް ހަސަން ކުރުސީ ރައްދު ދިން ގޮތުން ކަމަށެވެ.
ހަސަން ކުރުސީގެ ނަމުގައި ހަދާފައިވާ ޓުވިޓާ އެކައުންޓުން ރޮޒައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދެއެވެ. އަދި ސަރުކާރުގެ ބައެއް މަޝްރޫއުތަކަށްވެސް ފާޑުކިޔާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު