ކޮފީއަކީ މުޅި ދުނިޔޭގައިވެސް އެކިއެކި ފެންވަރުން ދަރަޖަ ދެވިފައިވާ، އެތައް ބައެއްގެ އަދި އެތައް ކަމެއްގެ ބައިވެރިއެކެވެ. އެހެންނަމަވެސް ބައެއް ފަހަރު ކޮފީއާ ބެހޭގޮތުން އެންމެ ރަނގަޅު ނޫން މައުލޫމާތުތަކަށް ބިނާކޮށް ވާހަކަ ދެކެވި އަދި އެވާހަކަތައް ގަބޫލު ކުރެވޭ ހާލަތުވެސް މަދެއް ނޫނެވެ. ހަގީގަތުގައި ކޮފީއަކީ ބައެއްމީހުން އެ މާނަކުރާ ގޮތަށް ގެއްލުންދޭ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ އެއްޗެއްވެސް އޮންނަ އުސޫލުތަކާއި ހަމަތަކުން ނެއްޓިގެން ދިޔައިމަ އޭގެ ގެއްލުން ވާ އުސޫލުން ކޮފީއިންވެސް ގެއްލުމެއް ވެދާނެއެވެ. އެނޫން ގޮތަކަށް ބަލާނަމަ ކޮފީއަކީ ސިއްހަތަށްވެސް ފައިދާހުރި އެހީތެރިއެކެވެ.
ޑރ. މުހައްމަދުއަލީ ކޮފީއާ ބެހޭ ގޮތުން ދެއްވާފައިވާ ކުޑަކުޑަ މައުލޫމާތުކޮޅަކުންވެސް ކޮފީއަކީ އޭގެ ޒާތުގައި ބޭނުން ކުރަން ހަމަ އެންމެ ރަނގަޅު، ސިއްހަތަށްވެސް ރަނގަޅު އެއްޗެއް ކަން ހާމަވެގެންދެއެވެ. ނަމަވެސް ޑޮކްޓަރުވެސް ވިދާޅުވެފައި ވަނީ ބޭނުން ކުރެވޭ ވަގުތާއި ބޭނުން ކުރެވޭ ހާލަތްތަކުގެ ސަބަބުން އެއިން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެކަމަށެވެ. އެހެންނަމަވެސް ކޮފީ ބޭނުންކުރާ ވަގުތާއި ބޭނުން ކުރާ ހާލަތްތައް ރަނގަޅުނަމަ ކޮފީއަކީ ހަމައެންމެ ފުރިހަމަ އެކުވެރިއެއްކަމަށްވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.
ކޮފީ ބުއިމުން ލިބޭ ފައިދާތަކާއި ކޮފީ ބުއިން ނުރަނގަޅު ހާލަތްތައް އަދި ނުރަނޅު ގޮތްތައް ދެނެގަންނަމާ ހިނގާށެވެ.
- ހަކަތައިގެ މިންވަރު ރަނގަޅުކޮށްދޭ
- ސަރުބީ އަންދާލުމަށް އެހީތެރިވެދޭ
- ފިޒިކަލް ޕާފޯމަންސް ވަރަށް ބޮޑަށް ރަނގަޅު ކުރެވޭ.
- ކޮންމެހެން ބޭނުންވާ ބައެއް ނިއުޓްރިއެންޓްސް އެކުލެވިގެންވޭ.
- ޓައިޕް 2 ހަކުރުބަލީގެ ނުރައްކާ ކުޑަކޮށްދޭ
- އަލްޒައިމާ ބަލިތަކާއި ޑިމެންޝިއާ އިން ރައްކާތެރިކޮށްދޭން އެހީތެރިވެދޭ.
- މައިކްރޯބަޔޮމް ޑައިވަރސިޓީ ރަނގަޅުކޮށްދޭ
- ކެންސަރުގެ ނުރައްކާ ކުޑަކުރަން އެހީތެރިވެދޭ
ހެނދުނު ތެދުވާ ގޮތަށް ހައިބަނޑާ ހުރެ ކޮފީ ބުއިމުން ވައިގެ އުނދަގޫ ދިމާވެދާނެއެވެ. އެހެންނަމަވެސް ހެނދުނުގެ ނާސްތާއަށްފަހު ކޮފީއެއް ބުއިމުން ދުވަސް ހަމަޖެހި، މީހާގެ ކަންނެތްކަން ކުޑަވެ، ހިންގުންތެރިކަން އަވަސްވެއެވެ. ހަމަ އެގޮތަށް ރޭގަނޑު ނިދުމާ ގާތްކޮށްފައި ކޮފީ ބުއިން ރަނގަޅެއް ނޫނެވެ. އެހެންނަމަވެސް ރަނގަޅަށް ކެއުމަށްފަހު ކޮފީފޮދެއް ބުއިމަކީ ހަޖަމުވުމަށާއި ބަނޑަށް ލިބިގެންދާނެ އަރާމު ކަމެކެވެ. އިރުއިރުކޮޅުން ގިނައިން ގިނައިން ކޮފީ ބުއިންވެސް ބުއްދިވެރިއެއް ނޫނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް