ދެކުނު އިރުމަތީ އޭޝިޔާގެ އެންމެ މަޝްހޫރު ނޫޑުލްސް ބްރޭންޑްކަމަށްވާ މަމީ ނޫޑުލްސްގެ ބާނީ މިހަފުތާގައި މަރުވެއްޖެއެވެ. މެލޭޝިޔާގެ ރައްޔިތެއްކަމަށްވާ ޕާންގް ޗިން ހިން މަރުވީ އުމުރުން 92 އަހަރުގައެވެ.
ނޫޑްލްސްގެ ވިޔަފާރި ފެށުމުގެ ކުރިން ޕާންގްއަކީ ބައު ކާރުގެ ސާމާނު ވިއްކަން އުޅުނު މީހެކެވެ. މެލޭޝިޔާގެ މަލަކާ ސްޓޭޓްގައި އޭނާ ނޫޑްލްސް ތައްޔާރުކޮށް އޭގެ ވިޔަފާރިފެށީ 1971 ގައެވެ. އޭނާ އެންމެ ފުރަތަމަ ބޭނުންކުރި ބްރޭންޑްގެ ނަމަކީ ލަކީއެވެ. މަމީއަކީ ތަންކޮޅެއް ފަހުން ތައާރަފުކުރި ބްރޭންޑެކެވެ.
މަމީގެ އެކި ވައްތަރުތައް ތައާރަފުކުރީ އާދައިގެ ލޭބަރުންނަށް ނުކައްކައި ފަސޭހައިން ކެވޭނެ ޕެކެޓް ނޫޑުލްސްއެއް އުފެއްދުމުގެ ޚިޔާލު ޕާންގްގެ ފިރިހެންދަރިއެއްގެ ފަރާތުން ލިބިގެންނެވެ. މި ވިޔަފާރި މުޅި ދުނިޔެއަށް ފުޅާވެ މަމީ ބްރޭންޑްގެ އެކި ކަހަލަ އުފެއްދުންތައް ދުނިޔޭގެ 86 ގައުމެއްގައި މިހާރު ވިއްކަމުންދެއެވެ.
ޕާންގް އުފެއްދި ކުންފުނީގެ ސީއީއޯއަކީ މިހާރު އޭނާގެ ކާދަދަރިއެކެވެ. މަމީ ނޫޑުލްސްގެ ބާނީ މަރުވުމާ ގުޅިގެން ޒުވާން ސީއީއޯ ބުނެފައިވަނީ ތަފާތު ޒަމާނެއްގައި ތަފާތު ވިސްނުމެއްގައި ކާފަ ތައާރަފުކޮށްދިނީ ވަރަށްވެސް ބޭނުންތެރި އުފެއްދުންތަކެއް ކަމަށާއި މިއަދު މަމީ ބްރޭންޑާއި މުޅި ކުންފުންޏަށް ލިބިފައިވާ އެންމެހައި ކާމިޔާބީތަކުގެ ސިއްރަކީ ކާފަކަމުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ