ސިވިއާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގިނައިން ފައިސާ ލިބޭގޮތަށް، ގިންތި ކޮށްގެން ނުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަންނަ އަހަރުން ފެށިގެން އެލަވަންސް ދޭގޮތަށް ނިންމައިފިއެވެ.

ޖެންޑާ އެންޑް ފެމިލީ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަކުރަމް ހުސެއިން މިއަދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އިނާޔަތް ދިނުންމާބެހޭ ގާނޫނުގެ ދަށުން މިހާރު އިނާޔަތް ދެމުން ގެންދަނީ، ހުރިހާ ފަރާތްތަކަށް އެއް ހަމައެއްގައި ކަމަށެވެ.

"މިހާރު އިނާޔަތްތައް ދެމުން މި ގެންދަނީ، ކިތަންމެ މައިނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވިޔަސް ކިތަންމެ ސިވިއާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވިޔަސް އެއްވަރަކަށް،"

އެހެންނަމަވެސް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓާއެކު، ޑިސެބިލިޓީ ކްލެސިފިކޭޝަނެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފައިސާ ދޫކުރެވިގެންދާނީ ގިންތި ކުރެވިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވާ ކަމަށެވެ.