ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަކް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމުން މި މައްސަލައިގެ ތަފްސީލެއް ކްރިމިނަލް ކޯޓުން އާއްމުކޮށްފައެއް ނުވެއެވެ.
ކުޑަކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ، އދ. ދިއްދޫ، ރޯޝަނީވިލާ، ޝާމިލް އާދަމަށެވެ.
ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއަށް ޝާމިލް އާދަމް ޝަރީއަތުގެ މަޖިލީހުގައި އިންކާރުކުރި ނަމަވެސް، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހައި ހެއްކާއި ގަރީނާއަށް ބަލާއިރު، އެ މައްސަލަ ވަނީ އޭނާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައި ކަމަށް ހުކުމްގައި ބުނެފައިވެއެވެ، އެހެންވެ، އެކަމުގެ އުގޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޝާމިލް 15 އަހަރަށް ޖަލަށް ލުމަށް ބަނީ ހުކުމްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގު މަރުހަލާގައި އަދި ޝަރީއަތުގެ މަރުހަލާގައި ޝާމިލް ތިން އަހަރާއި ތިން މަހާއި 13 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، އޭނާ ތަންފީޒުކުރަން ޖެހޭނީ 11 އަހަރާއި 8 މަހާއި 17 ދުވަހުގެ ޖަލު ހުކުމެކެވެ.
ޝާމިލްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާވެސް ކުރިއެވެ. ނަމަވެސް އެ ދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު