މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2023 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުނުްގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު އަދި ނާއިބު މުގައްރިރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އިންތިހާބުކޮށްފިއެވެ.
މަޖިލިސް ގަވާއިދު ބުނާ ގޮތުން ބެޖެޓް ދިރާސާ ކުރާނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލައި ކޮމިޓީއަކުންނެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރު ކަމަށާއި ނާއިބު މުގައްރިރު ކަމަށް ހުށަހެޅީވެސް އެ ދެ މެންބަރުންގެ ނަން އެކަންޏެވެ. އޭގެ ތެރެއިން ނާޝިޒަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރެވެ. މުހައްމަދު ނަޝީދަކީ އިގުތިސާދީ ކޮމިޓީގެ މުގައްރިރެވެ.
ވޭތުވެދިޔަ ހަތަރު އަހަރުވެސް ބަޖެޓް ކޮމިޓީގެ މުގައްރިރާއި ނާއިބު މުގައްރިރުގެ ގޮތުގައި ތިއްބެވީ އެ ދެ މެންބަރުންނެވެ.
ނާޝިޒު ވިދާޅުވީ، މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން ބަޖެޓަށް އިޝްތިޝާރީ ލަފާ ހޯދުމަށް، އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލްއަށް ފޮނުއްވާނެ ކަމަށެވެ. އަދި ބަޖެޓް ކޮމެންޓް ކުރުމަށް ހުރިހާ މުއައްސަސާތަކަށް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.
ކޮމިޓީގައި ބަޖެޓް ބަހުސް ކުރިއަށް ގެންދާނީ އެ ފަރާތްތަކުގެ ކޮމެންޓުތައް ލިބި، ބަޖެޓް ބަހުސްގައި މަޖިލިސް ތަޅުމުގައި މެންބަރުން ފާޅުކުރައްވާ ހިޔާލުތަކަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު