ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ކުރިއަށް އޮތް ތިން އަހަރަށް 2.5 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް 2023 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތައް ހައްލުކޮށްދިނުމަށްތަކައި ރާއްޖޭގެ އެކި ރަށްތަކުގައި ހައުސިންގެ އެކި މަޝްރޫއުތައް މިހާރުވެސް ހިންގަމުންދާ ކަމަށެވެ.
"މިގޮތުން މުޅި ރާއްޖޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކުރިއަށްއޮތް ތިން އަހަރަށް 2.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެ،" އަމީރު ވިދާޅުވިއެވެ.
ޒަމާނުއްސުރެ މާލޭގެ ރައްވެހިންނަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، އެކަމަށްޓަކައި ގްރޭޓާ މާލޭ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް މެދުވެރިކޮށް ގާއިމުކުރާ 6,000 ހައުސިން ޔުނިޓުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އަތޮޅު ތެރޭގައި 2,500 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ގުޅީފަޅުހިއްކުމުގެ މަޝްރޫއު ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު