ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ. ހޯޑެއްދޫ/ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގެ އަވަސް ތަހުގީގެއް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ ރައްޔިތުން މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ، އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަށް އެރުވި އިރު، އޭނާގެ މެޔަށް ތަދުވާ ކަމަށާއި ޑޮކްޓަރަށް ގެންދިއުމަށް އާދޭސް ކުރަމުންދިޔަ ކަމަށެވެ. އަދި އޭނާ މަރުވުމުގައި ފުލުހުންގެ އިހުމާލު ބޮޑު ކަމަށް ފެންނަ ކަމަށާއި އޭނާއާމެދު ފުލުހުން އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމަށް އެކި މަސްދަރުތަކުން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި މިނިވަން ތަހުގީގެއް ހިންގާ މައްސަލައާ ގުޅުންހުރި ހުރިހާ މައުލޫމާތެއް ހާމަކުރުމަށް ޝިޔާމްގެ ކުއްލި މައްސަލާގައި ވަނީ ގޮވާލައިފައެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 17 މެންބަރުންނެވެ. ނަމަވެސް އެ ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލަން 26 މެންބަރުން ވޯޓު ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު