ފިއުލްސަބްސިޑީއަށް މިއަހަރުގެ ބަޖެޓުގައި 340 މިލިޔަން ރުފިޔާ ހިމެނި ނަމަވެސް މިއަހަރުގެ މިހާތަނަށް ފިއުލް ސަޕްސިޑީއަށް 1.6 މިލިޔަން ރުފިޔާ ހަރަދުކުރަންޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަ އަމީރު މިހެން ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް، ޖީއެސްޓީ އާއި ޓީީޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފައިވާ ބިލާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުން ކުރެއްވި ސުވާލުތަކަަށް ދެއްވި ޖަވާބުގައި ދައުލަތުގެ ހަރަދުތައް އިތުރުވެފައިވާކަން ފާހަގަ ކުރައްވައެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑަށްފަހު ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އައި ނަމަވެސް ރަޝިޔާ ހަނގުރާމައާ ގުޅިގެން މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.
އެހެންކަމން މަޖިލީހަށް ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓަޖީގެ އަމާޒުތައް ހާސިލުކުރަން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ،
މިނިސްޓަ ވިދާޅުވީ ސަރުކާރުން ޓެކްސް ނަގައިގެން އާމްދަނީ އިތުރުކުރަނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށެވެ. އަދި އަސާސީ ކަންކަން އިތުރަށް ފުރިހަމަކުރަން ފަސް އަހަރު މަޑުކުރަން ރައްޔިތުން ބޭނުންނުވާކަންވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު