ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅު ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޕީޕީއެމްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ނ. ކެނދިކުޅުދޫ އާއި މިލަދޫ އާއި މަނަދޫ އާއި ހޮޅުދޫ އަދި މަގޫދުއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން އެ ދަތުރުފުޅު އެމަނިކުފާނު ފައްޓަވާނީ އަންނަ އަންގާރަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
"މިދަތުރާ ގުޅޭ ތަފްސީލީ މައުލޫމާތު އަޅުގަނޑުމެން މާދަމާ އާއްމުކުރާނަން،" އޮފިޝަލް ވިދާޅުވިއެވެ.
އަންނަ ހަފުތާގައި ރައީސް ޔާމީން ނ. އަތޮޅަށް ވަޑައިގަންނަވާއިރު، އަންނަ މަހުގެ ކުރީކޮޅު އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ޔާމީން ވަނީ ހއ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ޕާޓީއަށް މެމްބަރު އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު