މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބޯހިމެނުގެ ވަގުތީ ނާތީޖާ އާންމުކޮށްފިއެވެ.
އެމްބީއެސްއިން މިރޭ އާންމުކުރި ބޯހިމެނުގެ ވަގުތީ ނާތީޖާގައިވާ ގޮތުން އަށް އަހަރުން ރާއްޖޭގެ އާބާދީއަށް ވަނީ 16،897 ދިވެހިން އިތުރުވެފައެވެ. މިއަދާ ހަމައަށް ގުނުނު އާބާދީގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 355،331 ކަމަށް ވަގުތީ ނަތީޖާގައިވެއެވެ.
އެމްބީއެސްއިން ބުނީ އެ އަދަދަކީ 2014 ވަނަ އަހަރު ކުރިއަށްގެންދިޔަ ބޯހިމެނުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަށް ވުރެ 16،897 މީހުން އިތުރު އަދަދެއް ކަމަށެވެ. 2014 ވަނަ އަހަރު ރާއްޖޭގައި ދިވެހިންގެ އާބާދީއަކީ 338،434 ކަމަށް އެމްބީއެސްއިން ބުންޏެވެ.
ބޯހިމެނުގެ ވަގުތީ ނާތީޖާގައިވާ ގޮތުން ރާއްޖޭގެ ދިރިއުޅެމުންދާ ބިދޭސީންގެ އަދަދަކީ 97،160 އެވެ. އެ އަދަދަކީ 2014 ވަނަ އަހަރުގެ ބިދޭސީންގެ އާބާދީގެ ގޮތުގައި ރާއްޖޭގެ އުޅެމުން ދިޔަ އާބާދީއަށް ވުރެ 33،527 ބިދޭސީން އިތުރުވުމެއް ކަމަށް އެމްބީއެސްއިން ބުންޏެވެ. 2014 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބިދޭސީންގެ އާބާދީއަކީ 63،637 ކަމަށް އެމްބީއެސްއިން ބުންޏެވެ.
ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ރާއްޖޭގެ ދިރިއުޅެމުންދާ ބިދޭސީންގެ އާބަދީ 65 ޕަސަންޓް އިތުރުވެފައިވާ ކަމަށް އެމްބީއެސްއިން ބުންޏެވެ.
އެމްބީއެސްއިން ބުނީ، މިއަދާ ހަމައަށް ގުނުނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ތެރެއިން 89 ޕަސެންޓް ކަމަށެވެ. އަދި މިހާތަނަށް މައުލޫމާތު ނުލިބޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެމްބީއެސްއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު