މާލޭގެ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަން ތިބި ބަޔަކު އަތުލައިގެންފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރޯޝަނީ މަގުގައި ހުރި ގެއަކުން މިއަދު ހެނދުނު ދުން އަރަމުންދާތީ މިއަދު ހެނދުނު 6:12ގައި ރިޕޯޓް ކުރި ކަމަށާއި ނަމަވެސް ފުލުހުންނާއި ސިފައިން އެގެއަށް ގޮސް، ދޮރުގައި ތެޅުމުންވެސް ދޮރު ނުހުޅުވި ކަމަށެވެ.
އެހެންވެ ބާރުގެ ބޭނުންކޮށް އެގެއަށް ވަން ކަމަށާއި އޭރު އެތަނުގައި ބަނގުރާ ކައްކަން ބަޔަކު ތިބި ކަމަށް ފުލުހުން ބުންޏެވެ. އަދި އެގެއިން ބަނގުރާ ކައްކަން ބޭނުން ސާމާނުވެސް ފެނިފައިވާ ކަމަށް ބުންޏެވެ.
މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު