މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އޯކިޑުމަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ހިންގި އެ މާރާމާރީގައި ހަމަލާ ދީފައިވަނީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކަށެވެ. މާރާމާރީގައި އޭނާގެ ބޮލަށް އަނިޔާ ލިބުނެވެ.
އެ މައްސަލާގައި ފުލުހުން މީގެ ކުރިން ވަނީ 22 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 22 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު 19 އަހަރުގެ ވަނީ ތަހުގީގު ނިމެންދެން ހުރީ ބަންދުގައެވެ.
އެ މައްސަލައިގައި އިއްޔެ ވަނީ 23 އަހަރުގެ ޒުވާނަކުވެސް ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އޭނާ ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުގައި އޭނާ ވަނީ މީޑިއާނެޓް އޮފީހަށް ވަދެ އެތަނުގައި ހުރި މީހަކާ މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. އެހެންކަމުން އޭނާގެ ތަހުގީގު ނިމުމުން ރިމާންޑް ޖަލަކަށް ބަދަލުކުރުމަށް އަމުރުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު