އަންނަ އަހަރުގެ ކުރީކޮޅު ނެރޭނެ ކަމަށް ބެލެވިފައިވާ ޕުލޭ ސުޓޭޝަންގެ ވީއާރު ދެވަނަ ޖެނެރޭޝަން ނުވަތަ ވީއާރު 2 ގެ ދެ މިލިއަން ޔުނިޓްގެ ހެޑްސެޓް އުފައްދާނެކަން ޔަގީން ވެއްޖެއެވެ.
ސޮނީން ޕްލޭސްޓޭޝަން ވީއާރު2 ކާމިޔާބު ވާނެ ކަމުގެ ޔަގީންކަމާއެކު ދެ މިލިއަން ޔުނިޓްގެ ހެޑްސެޓް އުފައްދަނީ ސަޕްލައި ލަސްވިޔަ ނުދިނުމަށެވެ. ޕުލޭސުޓޭޝަންގެ ވީއާރު 1 ގެ މަގުބޫލުކަން ބޮޑުކަމުން ދެވަނަ އަދަދު އަދި މާ ކާމިޔާބު ވާނެ ކަމަށް ސޮނީ ކުންފުނިން ޔަގީން ކުރެއެވެ.
ސޮނީން ޕުލޭސުޓޭޝަންގެ ވީއާރު2 ގެ ހެޑްސެޓް ނެރޭނެ ރަސްމީ ތާރީހެއް އަދި ޔަގީން ކުރެވިފައި ނުވިނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު ވީއާރު 2 ބޭނުން ކޮށްލަން ލިބޭނެކަމަށް ޓެކް ނިއުސް ރިޕޯޓުކުރާ ފަރާތްތަކުން ބުނެއެވެ.
ގޭމްތައް ކުޅުމަށް ބޭނުން ކުރާ އެހެން ހެޑްސެޓްތަކާ ހިލާފަށް ސޮނީގެ ޕުލޭސުޓޭޝަން ވީއާރުގެ ޑިމާންޑް ބޮޑުކަމުން އެ ކުންފުނިން އައު ވާޗުއަލް ރިއަލިޓީ ހެޑްސެޓް 2ގެ އިތުރު މައުލޫމާތުތައް އަންނަނީ އާންމު ކުރަމުންނެވެ. ވީއާރު 2ގެ ހެޑްސެޓްގެ ޔޫޒަރ އިންޓަފޭސަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށާއި އޭގެ ސޮފްޓްވެއަރ ލޯންޗް ކުރާއިރުވެސް 20 އަށްވުރެ ގިނަ ގޭމް ހުންނާނެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޕީއެސްވީއާރު 2 ގައި ގޯސްޓްބަސްޓަރސް ވީއާރު، ރެޒިޑެންޓް އިވިލް ވިލެޖް، އަދި ހޮރައިޒަން: ކޯލް އޮފް ދަ މައުންޓް ފަދަ މަޝްހޫރު ގޭމްތައް ހިމެނޭނެކަން ޔަގީން ކުރެވިފައިވާ އިރު މި ގޭމް ތަކުގެ މުޅިން ތަފާތު އިހުސާސެއް ވީއާރު 2 ލިބުމުން ކުރެވޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ