ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބަހްރެއިނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ގައުމީ ދާރުލްއާސާރާއި ގުރުއާން ފެސިލިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވި ދާރުލްއާސާރަކީ 15 ޑިސެމްބަރު 1998 ގައި އަމީރު ހުސްނުއީ ބިން ސަލްމާން އަލްހަލީފާ ހުޅުވައިދެއްވި ތަނެކެވެ. ދެ އިމާރާތް ގުޅުވައިގެން ހަދާފައިވާ އެތަނުގައި ދާއިމީ އެގްޒިބިޝަން އޭރިއާއާއި ވަގުތީ އެގްޒިބިޝަން ހޯލްތަކާއި އާޓް ގެލަރީއަކާއި ލެކްޗާ ހޯލެއް ހިމެނެއެވެ. އެ ދާރުލްއާސާރުގައި ބަހްރައިންގެ ތާރީހުގެ 6000 އަހަރު ވީ ތަކެތި ރައްކާކޮށްފައިވެއެވެ.
ބަހްރެއިންގެ ބައިތްއަލް ގުރުއާން ފެސިލިޓީއަކީ 1990 ވަނަ އަހަރު އުފެއްދި މަލްޓި ޕާޕަސް އިމާރާތެކެވެ. އެ ތަން އެންމެ ބޮޑަށް މަޝްހޫރު ވެފައި ވަނީ އިސްލާމީ ދާރުލްއާސާރަކަށްވުމުގެ ސަބަބުންނެވެ. ގުރުއާނާއި އެނޫންވެސް ވަރަށް މަދުން ނޫނީ ނުފެންނަ އިސްލާމީ މުސްހަފުތަކުގެ ވަށާޖެހޭ އަދި އަގުހުރި ކަލެކްޝަނެއް ރައްކާތެރިކޮށް ބެހެއްޓުމަށް ހެދި އެތަނަކީ ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމީ ދާރުލްއާސާރުތަކުގެ ތެރޭގައި ހިމެނޭ އެއް ތަނެވެ.
އެތަނުގައި ހަދާފައިވާ ދާރުލްއާސާރުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާރީހީ ގުރުއާނުގެ ފަތްފުއްތައް ފެންނަން ހުރެއެވެ. އޭގެ ތެރޭގައި އިރުމައްޗާއި ޗައިނާއާއި ހުޅަނގުގައި އޮތް ސްޕެއިންގެ ފަތްފުއްތައް ހިމެނެއެވެ. އެއީ ފުރަތަމަ ހިޖުރައިން 622 އާއި 722 ވަނަ އަހަރު އަދި އިސްލާމީ ރަންޒަމާނުން ފެށިގެން މިއަދާ ހަމައަށް ކެލިގްރަފިކް އާދަކާދަތައް ކުރިއަރަމުން އައި ގޮތް ދައްކުވައިދޭ ބިނާތަކެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު