ހަނގުރާމަވެރި ޖަމާއަތްތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓު އަނެއްކާވެސް މުރާޖައާކޮށް އާއްމުކޮށްފިއެވެ.
މިއީ މި ލިސްޓް މުރާޖައާކުރި ހަތަރު ވަނަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތައް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކޮންމެ 12 މަހަކުން މުރާޖައާ ކުރަންޖެހެއެވެ. ލިސްޓު މުރާޖައު ކުރައްވަންޖެހެނީ ގައުމީ ސަލާމަތީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
އެ ލިސްޓުގައި މިފަހަރު ވެސް ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސީރިޔާގެ ހުރިހާ ސަރަހައްދެކެވެ. އަދި ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި އޮތީ ކުރިންވެސް އޮތް 19 ނަމެވެ.
އެ ލިސްޓުގައި އޮންނަ އެއްވެސް ޖަމާއަތަކަށް ތާއީދު ކުރުމާއި އެއިން ޖަމާއަތެއްގެ މެމްބަރަކަށް ވުމާއި އެފަދަ ޖަމާއަތެއްގެ ރަމްޒެއް ނުވަތަ ލިޔުމެއް ގެންގުޅުމަކީ ވެސް ކުށެކެވެ.
- އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިޔާ (އައިސިލް/އައިއެސްއައިއެސް/އައިސިސް)
- އަލް ގައިދާ (އަލް ޖިހާދު އަލް ގައިދާ، ދަ ބޭސް، ގައިދަތުލް އަލް ޖިހާދު)
- ޖަބްހަތުއް ނުސްރާ (ޖަބްހަތުއް ފަތަހް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
- ލަޝްކަރޭ ތައިބާ
- އަލް ގައިދާ އިން ދި އެރަބިއަން ޕެނިންސިއުލާ
- އަލް ގައިދާ އިން ދި އިސްލާމިކް މަގްރިބް
- އަބޫ ސައްޔާފް ގްރޫޕް
- ބޮކޮ ހަރަމް/ ބޯކޯ ހަރަމް
- އަލް ޝަބާބް
- އަލް ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
- ތެހްރިކޭ ތާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
- ހަރަކާތުލް ޖިހާދު އަލް އިސްލާމީ
- ޖައިޝޭ މުހައްމަދު
- އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
- ނޭޝަނަލް ތައުހީދް ޖަމާއަތް
- ޖަމާއަތު މިއްލަތޭ އިބްރާހީމް
- ވިލާޔަތް އަލް ސޭލާނީ
- ހައިއަތު ތަހްރީރު އަލް ޝާމް
- ހުއްރާސް އައް ދީން.
ޚަބަރު
ޚަބަރު
ޚަބަރު