ދޭދޭ ގައުމުތަކާއި މުޖުތަމައުތަކާއި ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރާނީ އަނިޔާވެރިވެގެން ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ނަން ވަޔަލަންސް ޑޭ ނުވަތަ އަހިންސަ ދުވަހާ ގުޅިގެން އިމްރާން ދެއްވި މެސެޖުގައި ވިދާޅުވީ, ވިލުންވެރި މުޖުތަމައެއްގެ މައިބަދައަކީ މުޖުތަމައުގެ ސުލްހަމަސަލަސްކަމާއި އަމަން އަމާންކަމާއި ރައްކާތެރިކަން ކަމަށާއި އެކަންކަން ލިބިގެންވާ މުޖުތަމައަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރެވޭނެ މުޖުތަމައެއް ކަމަށެވެ.
އަނިޔާވެރިކަން ނެތް މުޖުތަމައެއް އުފެއްދޭނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށާއި ދިވެހި މުޖުތަމައަކީ އެފަދަ މުޖުތަމައަކަށް ވުމަށްޓަކައި ދިވެހިންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ.
"ދޭދޭ ގައުމުތަކާއި މުޖުތަމައުތަކާއި ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރާނީ ވަޔަލެންޓް ވެގެންނެއް ނޫން. ބައިނަލްއަގުވާމީ ގޮތުން އަހިންސަ މުޖުތަމައެއް ގާއިމުކުރުމުގައި ރާއްޖެއަކީވެސް މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއް," އިމްރާން ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ދުނިޔޭގައި ނަން ވަޔަލަންސް ޑޭ ފާހަގަކުރަނީ އިނގިރޭސި އިސްތިއުމާރީ ބާރުތަކުގެ ވަކިތަކުން އެއްވެސް ހަމަނުޖެހުމެއް ނުހިންގައި އިންޑިއާ ސަލާމަތްކުރެއްވި މަހާތުމާ ގާނދީގެ އުފަން ދުވަހާ ދިމާކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު