މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް، 2008 ވަނަ އަހަރު އަމަލުކުރަންފެށީއްސުރެން ހަދަން ޖެހޭ، ގާނޫނުތަކުގެ ތެރެއިން ބައެއް ގާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގެދަށުން 11 ގަވާއިދަކަށް އަމަލު ކުރުން އަންނަ 2023 އަހަރުގެ މެއި މަހުގެ ނިޔަލަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
އާއްމު ގަވާއިދުތަކާބެހޭ ގާނޫނަކީ މިހާރުގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިއިރުވެސް އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް ފާސްކޮށްފައިވާ ގާނޫނެކެވެ.
އެ ގާނޫނުގައި ހިމެނޭ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރަން އެންމެ ފަހުން މަޖިލީހުން ފާސްކުރީ، 2021 ސެޕްޓެމްބަރު 27 ގައެވެ. އެފަަފަހަރު އިތުރުކުރި މުއްދަތު، މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. އެފަހަރު މުއްދަތު އިތުރު ކުރީ، 19 ގަވާއިދަކަށް އަމަލު ކުރުމަށެވެ. ނަމަވެސް އެ ދުވަހަށްފަހު މި ވޭތުވެދިޔަ މުއްދަތުގައި އޭގެ ތެރެއިން އަށް ގަވާއިދަކާ ގުޅޭ ގާނޫނުތައް ހަދައި ފާސްކޮށްފައިވާތީ، އެ އަށް ގަވާއިދު، އާއްމު ގަވާއިދުތަކާބެހޭ ގާނޫނުން ވަނީ އުނިކޮށްފައެވެ.
- ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގވާއިދު،
- ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާބެހޭ އާއްމު ގަވާއިދު
- ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށްދޭ ބާވަތްތައް ރާއްޖެއަށް އެތެެރެ ކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުން ކުރުމުގައި އަމަލު ކުރާނެ ގޮތުގައ ގަވާއިދު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ގަވާއިދު
- މާލެ ޕްލޭނިންގ ގަވާއިދު
- ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުުގެ ގަވާއިދު
- ރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގަވާއިދު
- އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޝަންސް
- ދިރޭ ޖަނަވާރު އެތެރެ ކުރުމުގެ ގަވާއިދު
- ދިވެހި ރާއްޖެއަށް ދޫނި އެތެރެ ކުރުމުގެ ގަވާއިދު
- އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދު
- އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު
- ގިންތި ކަނޑައެޅުމާއި ދަރަޖަ ކުރުމުގެ ަގވާއިދު
- ރެގިއުލޭޝަން ފޯ ފައިނޭންސް ލީސިން ކޮމްޕެނީޒް އެންޑް ފައިނޭންސް ލީޒިން ޓްރާންސެކްޝަން 2001
- ދިވެހި ރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑަށް އަމަލު ކުރުމުގެ ގަވާއިދު
- ރީބްރޯޑްކާސްޓް ކުރާ ޗެނަލް ކްލެސިފައި ކުރުމުގެ ގަވާއިދު
- ދިވެހި ރާއްޖޭގައި ޝާއިއުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު
- ކޮލެޖްތަކާއި ޓާޝަރީ އިންސްޓިޓިއުޓްތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު
- ޝަރީއަތް ކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6.1
- ޝަރީއަތް ކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6.0
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު