ހިޔާ ފްލެޓަކުން ބޭރަށް އެއްޗެހިތަކެއް އުކާލީ ނަފްސާނީ ބަލި ހުންނަ މީހެއްކަން އެނގިއްޖެެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެތަކެތި އުކާލާފައި ވަނީ ހިޔާ ޓަވަރު ހަތަރެއްގެ 17 ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގައި އުޅޭ ނަފްސާނީ ބަލި ހުންނަ އަންހެނެކެވެ.

ފުލުހުން ބުނާ ގޮތުން، އިއްޔެ މެންދުރު 12:50 ހާއިރު ހިޔާ ފްލެޓެއްގެ މަތިން އެއްޗިހިތަކެއް އުކީ ހަމަނުޖެހުމެއް ހިންގުމަށްފަހުއެވެ. ފްލެޓުން ބޭރަށް އުކި އެއްޗެހީގެ ތެރޭގައި ތެއްޔާއި ގަސްޕޮޓާއި ވަޅިފަދަ ތަކެތި ހިމެނެއެވެ.

އަދި އުކި ބައެއް އެއްޗެހި ޖެހި، ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.