ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ހަގީގަތެއް ނެތް، ބިލާހެއް ނޫންކަމުގެ ޔަގީންކަން އެންމެންނަށްވެސް ލިބިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު ލ. ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ ވިއަވަތި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ބިލާހެއް ނޫންކަން ވިއަވަތި ކޮންފަރެންސުންވެސް ފެންނަ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ހަގީގަތެއް ނެތް، ހިލާ އަމުދުން ދިމާނުވާ ބިލާހެއް ނޫންކަމުގެ ޔަގީންކަން އެންމެންނަށްވެސް ލިބިއްޖެ. މިއަދުގެ އިފުތިހާލާ ހަމައިން ފެންނަ އެންމެ ބޮޑު ކާމިޔާބަކީ އެއީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކުންވެސް ލާމަރުކަޒީ ނިޒާމުން ލިބިދިން ބަދަލުތައް ފެންނާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލު ކަމަށާއި ކުރީ ސަރުކާރުތަކުން ތަރައްގީގެ ނަމުގައި ރަށްރަށުގައި ޖެހި މޮހޮރުތައް މަރުކަޒީ ކުރަން ޖެހި ނަމަވެސް މި ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ އެރަަށަކަށްޓަކައި ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު