ދުނިޔެއާ ދިމާލަށް ވަރަށް ބާރު ސްޕީޑުގައި އަނެއްކާވެސް ބޮޑު ގިނިހިލައެއް ދަތުރުކުރަމުންދާ ކަމަށާއި މާދަމަޔަކީ މި ހިލަ ދުނިޔެއާ އެންމެ ގާތްވާނެ ދުވަސް ކަމަށް އެމެރިކާގެ ޖަައްވާއިބެހޭ ގައުމީ އިދާރާ ނާސާއިން ބުނެފިއެވެ.

ނާސާއިން ބުނާގޮތުގައި ޖަމްބޯ ޖެޓެއްގެ ބޮޑުމިން ލިބިފައިވާ މިހިލަ ދަތުރުކުރަމުންދަނީ ވިދުވަރެއްހައި ހަލުވިކޮށެވެ. ގަޑިއަކު 44 ހާސް ކިލޯމީޓަރުގެ ބާރުމިނުގައެވެ. މިހިލަ ދުނިޔެއާ އެންމެ ގާތްވާނީ ސެޕްޓެމްބަރު އެގާރަވަނަ ދުވަހުއެވެ. އެއީ ގާތްގަޑަކަށް 2.29 މިލިޔަން ކިލޯމީޓަރުގެ ދުރުމިނެކެވެ. މިއީ 992 ދުވަހުން އިރުގެ ވަށައިގެން ބުރެއް ހަމަކުރާކަމަށް ފާހަގަ ކުރެވިފައިވާ ގިނިހިލައެކެވެ.

ފާއިތުވަމުން މިދާ ސެޕްޓެމްބަރު މަހަކީ ދުނިޔެއާ ގާތުން ދަތުރުކުރާ ގިނިހިލަތައް ގިނަ މައްސަރެކެވެ. މި މަހުގެ މިހާތަނަށް އެކަނިވެސް ބާރަވަރަކަށް ހިލަ ވަނީ ދުނިޔެއާ ވާހަކަ ގޮވާ ހިސާބުން ބުރު އަޅައިފައެވެ. މާދަމާ ދުނިޔެއާ ގާތުން ބުރެއް އަޅާނެ ކަމަށް އަންދާޒާކުރެވޭ ހިލަޔަށް ނާސާއިން ދީފައިވާ ނަމަކީ ދެހާސްބާވީސް އާރްއީއެވެ.

އައު ގިނިހިލައެއްގެ ވާހަކައިން ނާސާގެ ފަރާތުން އިންޒާރެއް ނެރެފައި މިވަނީ އާމިޓިސްއޭ ކިޔުނު އައު ޕްރޮގްރާމެއްގެ ދަށުން އަނެއްކާވެސް އިންސާނުން ހަނދަށް ފޮނުވުމުގެ މަސައްކަތުގައި ނާސާއިން މަޝްއޫލުވެގެން އުޅެނިކޮށެވެ. މިއީ 1972 ވަނަ އަހަރުގެ ފަހުން ނާސާއިން ހަނދަށް އިންސާނުން ފޮނުވާ ފުރަތަމަ ފަހަރެވެ.