ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ގޭމް ކުޅުމަށާއި ސްޓްރީމްކޮށް ބްރައުޒްކޮށްލުމަށް ހާއްސަކޮށް 450 ރުފިޔާއަށް 50ޖީބީ ޑޭޓާ ލިބޭ އޮފާއެއް ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ އެ އޮފާއަކީ ލިމިޓެޑް ޓައިމް އޮފާއެއް ކަމަށާއި އެގޮތުން އެއީ ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ދުވަހަށް ލިބޭ އޮފާއެއް ކަމަށެވެ. އެ އޮފާ ދިރާގު އެޕް މެދުވެރިކޮށް ނުވަތަ "50ޖީބީ" ޖަހާފައި 343 އަށް އެސްއެމްއެސް ކޮށްގެން އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އޮޕްޝަންތަކެއް އެ ކުންފުނިން ވަނީ ފަރުމާކޮށްފައެވެ.

އެގޮތުން ދިރާގު ކޮމްބޯ ޕްލޭނުން ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސްގެ ޕެކޭޖުތައް ހިޔާރު ކުރެވޭނެއެވެ. އަދި ސަޅި ޕްރީޕެއިޑް ޕްލޭނުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހްތިޔާރު ކުރެވޭނެއެވެ. އެ ޕްލޭނުން ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެއެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ ވެބްސައިޓުން ޕްރީޕެއިޑް ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.