އުރީދޫ އާޗާ ކަސްޓަމަރުންނަށް ހަތަރު ގުނަ އިތުރު ޑޭޓާ އާއި ވޯލްޑްކަޕް ސެމީ މެޗެއް ބަލައިލުމުގެ ފުރުސަތު ލިބޭ ހާއްސަ އޮފާއެއް މިއަދު ތައާރަފުކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ، އެ އޮފާ މެދުވެރިކޮށް ހަފުތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 210 ޖީބީއާ ހަމައަށް ޑޭޓާއާ އެކު އަންލިމިޓެޑް އުރީދޫ ކޯލްސް ލިބޭނެ ކަމަށެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާތައް ލިބޭ ޕްލޭންތައް މި ފުރުސަތާ އެކު ވަނީ އިތުރަށް ފުރިހަމަވެފައެވެ.
އުރީދޫން ބުނީ، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ސެމީ ފައިނަލް މެޗެއް ބަލައިލަން ގަތަރަށް ދިއުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.
- އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް - 150ރ. (ދުވާލަކު 4 ޖީބީ)
- އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް - 500ރ. (ދުވާލަކު 5 ޖީބީ)
- އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް - 750ރ. (ދުވާލަކު 7 ޖީބީ
މިއަދު ލޯންޗްކުރި އާޗާ ޕްރިޕެއިޑްގެ ޙާއްސަ އޮފާ ފަރުމާކޮށްފައި ވަނީ ކަސްޓަމަރުން ކޮންމެ ތަނަކު، ކޮންމެ ވަގުތެއްގައި ވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިލަދީ ސްޓްރީމިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައް ބަލައިލެވޭ ގޮތަށް ކަމަށް އުރީދޫން ބުންޏެވެ.
އާޗާ ޕްރީޕެއިޑް ނަގާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލާ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިން އެޕްތަކަށް ހާއްސަކޮށް ބަހާލެވިފައި ކަމަށް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު