އައްޑޫ ބަހުރުވައިން ހުތުބާ ކިޔައިގެން ޚަތީބަކު ސަސްޕެންޑްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ، ހުތުބާ ކިޔުމުގެ އުސޫލާ ހިލާފުވެގެން ޚަތީބަކު ހުކުރު ނުކުރެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
"ހުތުބާ ކިޔުމުގެ އުސޫލާ ހިލާފު ވެގެން އެ މައްސަލަ އިތުރަށް ބެލުމަށްޓަކާ ހަތީބަކު ވަނީ ހުކުރުކުރުމުން ސަސްޕެންޑް ކޮށްފައި" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ ސ. މީދޫއަށް ނިސްބަތްވާ މުހައްމަދު ރަޝީދުއެވެ.
އެނގިފައިވާ ގޮތުގައި މުހައްމަދު ރަޝީދު ސަސްޕެންޑްކޮށްފައިވަނީ ގުރުއާނާއި ހަދީސްތަކާއި އޭގެ މާނައަށް ބަދަލެއް ނުގެނެސް، ހުތުބާގައި ދެން ހުރި ބައިތައް އައްޑޫ ބަހުރުވަ އަށް ބަދަލުކޮށްގެން ހުތުބާ ކިޔުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު