މާލޭގައި މިރޭ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.
އެ މާރާމާރީއާ ގުޅިގެން ފުލުހުން ބުނީ، އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިރޭ ހިނގި މާރާމާރީގައި ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ ދަނގަޑުބުރި އާއި ލަކުޑި ބުރިއެވެ.
މާރާމާރީ ހިންގާފައިވަނީ މިރޭ 9:00 ންހާއިރު ހިތަށްފިނިވާމަގުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު