ހއ. އުލިގަމު ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މި ފެރީ ސްޓޮޕަކީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ނިޒާމުގެ ބޭނުމަށް ޒޯން އެކެއްގައި ގާއިމުކުރެވޭ ފެރީ ސްޓޮޕެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓް ގާއިމުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޒޯން އެކެއްގެ ފިޔަވަހީގެ ދަށުން އިހަވަންދޫގައި ފެރީ ޓާމިނަލެއް ހަދައި ނިމިފައިވާ އިރު، ފިނޭއާއި ނާވައިދޫ، މަކުނުދޫ އަދި ނޭކުރެންދޫ ފެރީ ހަޓްގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ނިންމާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު