މޯލްޑިވްސް މެރިން އެކްސްޕޯ 2022 އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފިއެވެ.
މިއަދު ހަވީރު ފެށި މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ މެރިން ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަމައެކަނި އެކްސްޕޯއެވެ.
މިއަހަރުގެ މެރިން އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. އާއްމުކޮށް ހުޅުވާއިގެން ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
ރައީސް ސޯލިހު މެރިން އެކްސްޕޯއަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ބައްލަވާލައްވައިފައެވެ.
ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން (އެންބީއޭއެމް) ބާއްވާ މި އެކްސްޕޯގައި މި އަހަރުވެސް 50 ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ޔޮޓުތަކާއި ސަފާރީތަކާއި މަސްވެރިކަމުގެ ވިޔަފާރިތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ވިޔަފާރިތަކާއި ލޮޖިސްޓިކްސް ވިޔަފާރިތަކާއި ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ވިޔަފާރިތަކުގެ އިތުރުން މެރިން ފުޑްސް އުފައްދާ ފަރާތްތަކުން ބައިވެރިވެއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު