ދަތުރުކުރަމުންދިޔަ ފްލައިޓެއްގެ އެއް އިންޖީނު ނިއްވާލާފައިވާ ކަމަށް ފެންނަ ވީޑިއޯ އަކީ މިދިޔަ އަހަރުގެ ވީޑިއޯއެއް ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ މޯލްޑިވިއަންގެ ސީޕްލޭނެއް ދަތުރުކުރަމުން ދަނިކޮށް، ކެޕްޓަނު އޭގެ އެއް އިންޖީނު ނިއްވާފައި ހުންނަ ކަމަށެވެ. ވީޑިއޯ ނަގަމުން ދިޔަ މީހާ ބުނަމުން ދިޔައީ އިންޖީނު ނިއްވާލުމުން ކަމެއް ވެއްޖެނަމަ އޭގެ ޒިންމާ ކެޕްޓަނު އުފުލަން ޖެހޭނެ ކަމަށެވެ.
މިވީޑިއޯއާ ގުޅިގެން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ "ވަން" އަށް މިއަދު ވިދާޅުވީ ދައުރުވަމުން އެދަނީ މިދިޔަ އަހަރުގެ ވީޑިއޯއެއް ކަމަށެވެ. އަދި ކެޕްޓަނާމެދު ފިޔަވަޅު އަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުއްވަމުންދާ ބޯޓެއްގެ އިންޖީނު މިގޮތަށް ނިއްވާލުމަކީ ސިވިލް އޭވިއޭޝަންގެ ގާނޫނު ބުނާގޮތުން މަނާކަމެކެވެ.
ޖެނިފާ ވިދާޅުވީ އެކުންފުނީގެ ބޯޓުތައް ދަތުރުކުރާނީ އެގަވާއިދާ އެއްގޮތުގެ މަތިން ކަމަށެވެ. އަދި އަބަދުވެސް ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެތިކަމަށް ހާއްސަ ސަމާލުކަންދީގެން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު