މިދިއަ ހަފުތާގައި 106 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 15 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެގޮތުން މިދިޔަ ހަފުތާގައި މާލޭ ސަރަހައްދުން 24 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އަތޮޅުތެރެއިން 38 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުންނާއި ރިސޯޓުތަކުން 44 މީހަކަށް މިބަލި ޖެހިފައިވެއެވެ.
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 184،591 އެވެ. އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ 307 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު