މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަ ދެއެވެ.
އެމްއެންޕީން ބުނީ މިއަދު ހެނދުނު 9:00 ފެށިގެން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ.
އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލަށް މެންބަރުން ހޮވަން 185 މަގާކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި އެ އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، 180 މަގާމަކަށް އިންތިހާބަކާ ނުލައި މެމްބަރުން ވަނީ ހޮވިފައެވެ.
އެހެންކަމުން މިއަދު ވޯޓުލުން ކުރިއަށްދަނީ ބާކީ ފަސް މެންބަރުން އިންތިހާބު ކުރުމަށެވެ.
އެއީ ވިމެންސް ވިންގުގެ ލީޑަރުގެ މަގާމާއި ޔޫތު ވިންގުގެ ލީޑަރުކަމުގެ މަގާމާއި ނޮޅިވަރަމް ދާރިގާގެ އަޕާނޯތްރީޖަން ހދ. ރައީސް ކަމުގެ މަގާމާއި ހޮޅުދޫ ދާއިރާގެ ނޯތު ރީޖަން ނ. ނައިބުރައީސް ކަމުގެ މަގާމާއި ތުޅާދޫ ދާއިރާގެ ނޯތު ރީޖަން ބ. ގެ ރައީސް ކަމުގެ މަގާމެވެ.
މިއަދުގެ ވޯޓުލާ ނިމުމުން އެމަރުކަޒަކުން ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އިންތިހާބީ ކޮމިޓީން ވަނީ ބުނެފައެވެ. އަދި ވޯޓުލާނިމޭތާ 24 ގަޑިއިރުގެ ތެރޭގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށާއި ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށްވެސް ބުންޏެވެ.
ގައުމީ ހިންގާ ކައުންސިލްގެ 180 މަގާމަށް މެންބަރުން ހޮވިފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ މަގާމުތަކަށް އެންމެ މެމްބަރަކު ކުރިތިލާފައި ވާތީއެވެ.