ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވައިފިއެވެ.
ދެވަނަ ކުއާޓަރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރު ފުރުސަތު ހުޅުވާލީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް އެކަންޏެވެ.
ލިބުނު ހުށަހެޅުންތަކުގެ ތެރެއިން ބީއެމްއެލުން ހޮވާފައިވާ ފަސް ޕްރޮޖެކްޓާއި ޕްރޮޖެކްޓް ހުށަހެޅި ޖަމިއްޔާތަކަކީ:
- • އއ. ހިމަންދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ހަދަން: ކްލަބް ނިއު ފްރެންޑްސް
- • އއ. ބޮޑުފޮޅުދޫ ސްކޫލުގައި އާރްއޯ މެޝިން، ފެން ޑިސްޕެންސާ ބެހެއްޓުން: ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން
- • ހދ. ނޭކުރެންދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ހަދަން: ނޭކުރެންދޫ ޑިވެލޮޕްމަންޓް
- • އދ. ފެންފުށީ ޕްރީ ސްކޫލު ޕާކު ތަރައްގީކުރަން: ފެންފުށި ޒުވާނުންގެ ދިރުން
- • ދ. ހުޅުދެލީގައި މަސްކެނޑުމަށް ހާއްސަ ތަނެއް ހަދަން: ހުޅުދެލި އައިލެންޑް ސޯޝަލް އެންޑް ސްޕޯރޓްސް އެސޯސިއޭޝަން
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
އެގޮތުން ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދެއެވެ.
މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 70 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ އިރު، ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރު އިތުރު 10 ޕްރޮޖެކްޓަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު