ދުނިޔެ

އޭޝިޔާގެ އެންމެ މުއްސަނދި އަންހެން ބިލިޔަނަރުގެ މިލްކިއްޔާތުން އެއްއަހަރުގެ ތެރޭގައި ތޭރަ ބިލިޔަން ޑޮލަރު އުނިވެއްޖެ

ޗައިނާގެ ޕްރޮޕަރޓީ ޑިވެލޮޕްމަންޓް ވިޔަފާރިއަށް މިއަހަރު ދިމާވެގެންއުޅޭ ހީނަރުކަމުގެ ސަބަބުން އޭޝިޔާގެ އެންމެ މުއްސަނދި އަންހެން ބިލިޔަނަރު ޔާންގް ހުއިޔާނުގެ މުއްސަނދިކަމުގެ ބޮޑުބައެއް ގެއްލިގެން ހިނގައްޖެއެވެ.

ހާންގުގެ މިލްކިއްޔާތުގެ އަގަކީ މީގެ ބާރަމަސްކުރިން ސައުވީސް ބިލިޔަން ޑޮލަރެވެ. އެކަމަކު މިހާރު އެއަދަދު ވަނީ އެގާރަ ބިލިޔަން ޑޮލަރަށް ތިރިވެފައެވެ. އެއީ އެމުއްދަތުގައި ތޭރަބިލިޔަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވުމުންނެވެ. އެކަމަކު ބިލިއަނަރުންގެ މިލްކިއްޔާތުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަދިވެސް އޭޝިޔާގައި ހުރި އެންމެ މުއްސަނދި އަންހެނަކީ އުމުރުން 41 އަހަރުވީ ޔާންގެވެ.

ޗައިނާގެ ޕްރޮޕަރޓީ ޑިވެލޮޕްމަންޓު ވިޔަފާރިއަށް ލޮޅުންއެރީ ކޮވިޑުގެ ސަބަބުންނެވެ. ޑިމާންޑް ދަށްވެ އެޕާޓްމަންޓުތައް ވިކޭ އަގުވެސް ދަށްވުމުންނެވެ. ނަތީޖާއެއްގެ ގޮތުން ކުދިކުދި ބައެއް ކުންފުނިތައް ވަނީ ބަނގުރޫޓުވެފައެވެ. ޔާންގުގެ ގާރޑެން ހޯލްޑިންގްސް އަކީ ޗައިނާގެ އެންމެ ބޮޑު ޕްރޮޕަރޓީ ޑިވެލޮޕަރެވެ. މިއީ 1992 ވަނަ އަހަރު އޭނާގެ ބައްޕަ ފެށި ވިޔަފާރިއެކެވެ. ބައްޕަގެ ފަރާތުން ވާރުތަވި މުދަލަކާއި ފައިސާއިން މިވިޔަފާރި އޭނާ އިތުރަށް ފުޅާކުރީއެވެ.