ޚަބަރު

ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން މިހާރު ކޮމަންވެލްތު ގޭމްސް ބަލައިލެވޭނެ

އިނގިރޭސިވިލާތުގެ ބާމިންގްހަމްގައި މިހާރު ކުރިއަށްދާ "ކޮމަންވެލްތު ގޭމްސް 2022" ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން މިހާރު ބެލޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން މިއަދު ބުނީ މި މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް އެޕްލިކޭޝަންގައި ހިމެނޭ އެކި ޗެނަލްތަކުން ވަގުތުން ބަލައިލެވޭނެ ކަމަށެވެ. އެގޮތުން ސޮނީ ސިކްސް (އެސްޑީ އަދި އެޗުޑީ)، ސޮނީ ޓެން 2 (އެސްޑީ އަދި އެޗުޑީ)، ސޮނީ ޓެން 4 (އެސްޑީ އަދި އެޗުޑީ) އަދި ޓެންސް ސްޕޯޓްސް ޕާކިސްތާން އިން މި މުބާރާތް ދައްކާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީ ކަސްޓަމަރުންނަށް އެންމެ 350 ރުފިޔާއަށް ދިރާގު ޓީވީގެ އެންމެ ބޭސިކް ޕެކޭޖަށް ސަބްސްކްރައިބް ކޮށްލައިގެން އެ މުބާރާތުގެ މެޗުތަކާއި އިތުރު ޗެނަލްތައް ވެސް ބެލޭނެ ކަމަށެވެ. އަދި މޮބައިލް ކަސްޓަމަރުންނަށް ޖީއެސްޓީއާ ނުލައި 65 ރުފިޔާއަށް ދިރާގު ފައިބާ ބްރޯޑްބޭންޑް ވައިފައިގައި އިތުރު އެއްވެސް ހަރަދަކާ ނުލައި އެ މެޗުތައް ބެލޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށިގެން އަންނަ މަހުގެ އަށެއްގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖޭގެ އެތްލީޓުންވެސް ބައިވެރިވެއެވެ.