މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކޮށްގެން ދިފާއީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ކޯޑައުންކޮށް ސިފައިން ހަރަކާތްތެރިވަމުން ދަނީ ސުޕްރީމް ކޯޓު ސަރަހައްދުގެ ގޯޅި ގަނޑަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ މުރައިދޫގެ ހިމެނޭ ސަރަހައްދާއި ބޮޑުތަކުރުފާނު މަގުން ޗައިނާ އެމްބަސީ ހިމެނޭ ސަރަހައްދެވެ.

މިކަމާ ގުޅިގެން ފުލުހުންވެސް އަދި އެމްއެމްޑީއެފުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.