2021-2022 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރިޕޯޓު ފޮތް މިއަދު ހަވާލުކޮށް ނިންމާނެއެވެ. މާލޭގެ ބައެއް ސްކޫލްތަކުން އިއްޔެއިން ފެށިގެން ރިޕޯޓު ފޮތް ހަވާލުކުރަން ވަނީ ފަށައިފައެވެ.
އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާފައި ވަނީ ޖެނުއަރީ 16 ގައެވެ. އަދި މި ޓާމުގައި ކިޔަވައިދީފައި ވަނީ 111 ދުވަހެވެ.
ދަރިވަރުން ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އޮގަސްޓް 7 ވަނަ ދުވަހެވެ. އެއަށްފަހު އަންނަ އޮކްޓޯބަރު 9 ގައި މިޑް ޓާމް ބަންދަށް ފަހު، ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ އަންނަ ޑިސެމްބަރު 22 ގައެވެ. ދެ ވަނަ ޓާމްގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ 8 ގަ އެވެ.
އާ ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގައި 92 ދުވަސް އަދި ދެ ވަނަ ޓާމުގައި 111 ދުވަހު ދަރިވަރުންނަށް ކިޔަވައިދޭނެއެވެ.
ޚަބަރު
ޚަބަރު