ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓު ނުވަތަ ވިޔަފާރި ފެށުމަށް ދޭ ހިލޭ އެހީއަށް އެދި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ހަތަރު ޕްރޮޕޯސަލްއެއް ބޭންކުން މިއަދު ހޮވައިފިއެވެ.
މި ފަންޑަކީ އުފެއްދުންތެރި ވިޔަފާރިތަކަށާއި ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމުގެ އިތުރުން އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިވުމުގެ އަމާޒުގައި މިދިޔަ ޖަނަވަރީ މަހު ތައާރަފުކުރި ހިލޭ އެހީ ފަންޑެކެވެ. މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި 12 ހަރަކާތުގެ ތެރެއިން ހަރަކާތެކެވެ.
އެ ފަންޑަށް ހޮވުނު ހަތަރު ފަރާތުގެ ވިޔަފާރި ފެށުމަށް ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދޭއިރު އެ ފައިސާ އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ.
މި ގްރާންޓަށް ކުރިމަތިލި ފަރާތްތަކުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސްގައި ކުރިއަށް ގެންދިޔައީ ހުށަހަޅާފައިވާ ބިޒްނަސް ޕްލޭންތަކުގެ ތެރެއިން އެންމެ ރަނގަޅު ދިހަ ޕްލޭން ހޮވުމެވެ. ދެވަނަ ފޭސްގައި ކުރިއަށް ގެންދިޔައީ އެ ޕްލޭންތަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމަށް ފުރުސަތުދީ އެންމެ ރަނގަޅު ހަތަރު ޕްރެސެންޓޭޝަން ހޮވުމުވެ.
ޚަބަރު
ޚަބަރު
ޚަބަރު