ކޮވިޑު ބަލީގައި އިތުރު މީހަކު މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 302 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވެފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން އަންނަނިކޮށް ރޭގެ ވަގުތެއްގައެވެ.
މިއީ މިމަހު ކޮވިޑް ޖެހިގެން މަރުވި ހަތަރުވަނަ މީހާއެވެ. އެންމެ ފަހުން މި ބަލީގައި މީހަކު މަރުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މި މަރާއެކު ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 302 އަށް އަރައިފައެވެ. އެއީ 283 ދިވެހީންނާއި 19 ބިދޭސީންނެެވެ.
ރާއްޖެއިން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު