ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލް ޖަމިއްޔާ، ޕްރޮޖެކްޓް މެނޭޖްމެންޓް އިންސްޓިޓިއުޓް (ޕީއެމްއައި)ގެ އޮތޮރައިޒްޑް ޓްރެއިނިން ޕާޓްނަރަކަށް އެވިޑް ކޮލެޖް ހަމަޖައްސައި އެކަން އިފްތިތާހުކޮށްފިއެވެ.
ބީހައިވް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަން އިފްތިތާހުކޮށްދެއްވީ، އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.
މި ހަފުލާގައި ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލްއާ ބެހޭ ތަފާތު މައުލޫމާތު އެކުލެވިގެންވާ އިންޓްރޮޑަކްޓަރީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ހިއްސާކޮށްފައެވެ. އަދި ޕީއެމްއައިގެ އިންސްޓްރަކްޓަރަކަށް ހުސައިން ހަލީމް ވަނީ ހަމަޖައްސައިފައެވެ.
ޕީއެމްއައި ޓްރެއިނިން ސެންޓަރު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ޗެއާމަން މުސްތާގު ވިދާޅުވީ، މިކަމުގެ ސަބަބުން އެ ކޮލެޖުގެ ތާރީހުގައި އަނެއްކާވެސް ކުލަގަދަ ސަފުހާއެއް އިތުރުވީ ކަމަށެވެ. އަދި އޭނާގެ މަގުސަދަކީ، ރާއްޖެއަށް މިފަދަ އާ ކަންކަން ތައާރަފުކޮށް އެވިޑް ކޮލެޖު މެދުވެރިވެގެން އެކަންކަމުގެ ފައިދާ ދިވެހިންނަށް ލިބުން ކަމަށް ވިދާޅުވިއެވެ.
މުސްތާގު ވިދާޅުވީ، ޕްރޮޖެކްޓް މެނޭޖްމެންޓަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެވިޑް ކޮލެޖު މެދުވެރިވެގެން ޕްރޮޖެކްޓް މެނޭޖްމެންޓް ކެރިއާ ފަށައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެވިޑް ކޮލެޖަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމުގެ ފުރުސަތު އަތްފޯރާ ފަދަ އަގެއްގައި ދިވެހިންނަށް ފޯރުކޮށްދެމުން ގެންދާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ.
ޚަބަރު
ޚަބަރު
ޚަބަރު