މިދިޔަ ހަފުތާގައި ރާއްޖެއިން 405 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 180،384 އަށް އަރައިފައެވެ.
އެޗްޕީއޭ އިން މިއަދު ބުނީ މިމަހުގެ 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން 405 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލޭ ސަރަހައްދުން 231 މީހަކާއި އަތޮޅުތެރެއިން 95 މީހަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ސަފާރީތަކުން 79 މީހެކެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 17 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 300 މީހަކު ވަނީ މަރުވެފައެވެ. އެއީ 281 ދިވެހީންނާއި 19 ބިދޭސީންނެވެ.
ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު