އަންނަ އޮގަސްޓު މަހުން ފެށިގެން އާރްޓީއެލްގެ ބަސް ދަތުރުތައް ކުރާއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޭޝް ކާޑު ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ބަހުގައި ދަތުރުކުރާއިރު މިހާރު ބޭނުން ކުރަމުން ގެންދަނީ ބަސް ކާޑެވެ.
އާޒިމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކިއުއާރު ކޯޑު އަދި "ޓަޗް އެންޑް ގޯ" ބީއެމްއެލް ކާޑު ބޭނުންކޮށްގެން ބަސް ދަތުރުތައް ކުރެވޭނެ ކަމަށެވެ.
މި ދަތުރުތަކަށް ފައިސާ ދެއްކުމަށް ބީއެމްއެލްގެ ވިސާ ކާޑު، އެމެރިކަން އެކްސްޕްރެސް އަދި މާސްޓާ ކާޑު ބޭނުންކުރެވޭނެއެވެ.
އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން ދޭ މާސްޓަ ކާޑު ހިދުމަތް ވެގެން ދާނީ އާރްޓީއެލްގެ ދަށުން ޓްރާންސިޓް ކާޑުގެ އެކްސްކުލޫސިވް ޕޭމަންޓް ނެޓްވޯކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު