ނ. މާކުރަންދޫގައި ބިއްލޫރި ޝީޓްތަކެއް ދަށުވެ، އަނިޔާވި އެކަކު މަރުވެއްޖެއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕީއާރު އޮފިޝަރު ހަސަން ފަޒީލް "ވަން" އަށް މިރޭ ވިދާޅުވީ، މާކުރަންދޫގައި ބިއްލޫރި ޝީޓުތަކުގެ ދަށުވެގެން ފަރުވާ ދިނުމަށް ތިން ބިދޭސީން މިއަދު މެންދުރުފަހު 1:30 ހާއިރު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ
އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނިކޮށް މިރޭ 7:30ގައި މަރުވެފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ. ނަމަވެސް އޭނާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.
ފަޒީލް ވިދާޅުވީ އަނިޔާވެގެން ގެނައި އެކަކު އިތުރު ފަރުވާއަށް މިރޭ 8:15 ހާއިރު މާލެ ފޮނުވާލާފައިވާ ކަމަށެވެ. އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އަނެއް މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ތިން ބިދޭސީންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
ބިއްލޫރި ޝީޓުތަކެއް ދަށުގެ ބިދޭސީއަކު މަރުވިއިރު، މިދިޔަ ހޯމަ ދުވަހު ހުޅުމާލެ ފޭސް ދޭއްގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބްލް ޝީޓްތަކެއް ހުސް ކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވި ހާދިސާއެއްވެސް ވަނީ ހިނގައިފައެވެ. އޭގެ ތެރެއިން އެކަކު އެ ދުވަހު މަރުވި އިރު، ދެވަނަ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު