މިފްކޯގެ "ޑްރެއިންޑް ކަނޑުމަސް ޗަންކްސް" މަސްދަޅު ބާޒާރަށް ނެރެފިއެވެ.
އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަތެޔޮފޮދެއްގައި ތައްޔާރުކޮށްފައިވާ މި މަސްދަޅު ބާޒާރަށް ނެރުމަށްޓަކައި މިއަދު ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
ޑްރެއިންޑް ކަނޑުމަސް ޗަންކްސް މަސްދަޅު ބާޒާރަށް ނެރެދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސެއިން އަމްރުއެވެ.
މި ރަސްމިއްޔާތުގައި އާ މަސްދަޅު ބާޒާރަށް ނެރުމުގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ އުފެއްދުންތައް ވިއްކުމަށް ހާއްސަކޮށް ރެކެއްވެސް ވަނީ ބަހައްޓައިފައެވެ.
މިފްކޯއިން ބުނީ މި މަސްދަޅު ބޭނުންކުރާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ދަޅުގައި އެކުލެވޭ ތެޔޮ އުކާލަން ނުޖެހުމުގެ ސަބަބުން ކެއްކުމުގައި މި މަސްދަޅު ބޭނުންކުރަން ފަސޭހަވެފައި، ކެއްކުމުގެ ތެރޭގައި ތެލުގެ ސަބަބުން ބަދިގެތެރެ ތަގައްޔަރުވުން ކުޑަކޮށްދޭނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯ އިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި މިފްކޯގެ މަސް ފިހާރަ ތަކުންވެސް އާ މަސްދަޅު މިހާރު ލިބެން ހުންނާނެ ކަމަށެވެ. އަދި މި ބާވަތުގެ މަސްދަޅު އޮލިވް އޮއިލް، ސަންފްލާވާ އޮއިލް އަދި ސޯޔާ ބީން އޮއިލް ފަދަ ތަފާތު ރަހަތަކުގައި އުފައްދާނެ ކަމަށް މިފްކޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު