ހިޔާ ފްލެޓުތައް ސަރަހައްދުގައި ފުރަތަމަ ކްލިނިކް ހުޅުވައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހިޔާގެ އެޗް 12 ވަނަ ޓަވަރުގައި ޕައިތޮން ޕްރައިވެޓް ލިމިޓެޑުން "ހިޔާ މެޑިކަލް ސެންޓަރު"ގެ ނަމުގައި ކްލިނިކެއް ހުޅުވާފައިވާ ކަމަށެވެ.
މިތަނަކީ ލައިފް ސަޕޯޓް މެޑިކަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ތަނެކެވެ.
އެ ކްލިނިކުން ބުނީ، ހުރިހާ ވަގުތެއްގައިވެސް އެ ކްލިނިކުގައި ޑޮކްޓަރަކު ހުންނާނެ ކަމަށެވެ. އަދި އެތަނުން އާސަންދައިގެ ހިދުމަތް މިވަގުތު ނުލިބުނު ނަމަވެސް ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެ ކަމަށް ބުންޏެވެ.
އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުން، ހިޔާ ސަރަހައްދުގައި އިތުރު ދެ ކުލިނިކެއް އަދި ގާއިމުކުރާނެއެވެ.
ހިޔާ ފްލެޓްތަކުގައި 35،000 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު، އެތަނުގައި މީގެ ކުރިން ސިއްހީ ހިދުމަތް ދޭ ތަނެއް ނެތުމުން, ކިތަންމެ ކުޑަ ކަމެއް ދިމާވި ނަމަވެސް ދާން ޖެހެނީ ފޭސް އެކަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު